ސްޓެލްކޯ ކައިރީގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ކަރަންޓު ބިލު ބޮޑުވާ ކަމަށް ބުނެ ސްޓެލްކޯ ކައިރިއަށް އެއްވުމަށް ގޮވާލާ މީސް މީޑިޔާގައި މަދު ބަޔަކު އަންނަނީ މެސެޖުތަކެއް ދައުރު ކުރަމުބްނެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ސްޓެލްކޯ އަކީ މުހިންމު ހިދުމަތްތަކެއް ފޯރުކޮއްދޭ ތަނަކަށްވުމާއި ގުޅިގެން ސެކިއުރިޓީ ފޯރުކޮއްދެނީ ކަމަށެވެ. އަދި މުޒާހަރާއެއް ސުލްޙަވެރިކަމާއެކު ކުރިޔަށް ދާނަމަ، ފުލުހުން އެކަމަށް ހުރަސް ނާޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ކަރަންޓު ބިލް ބޮޑުވުމާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބައެއް ބިލް ތަކަކީ އެޑިޓް ކޮށްފައިވާ ފޭކް ބިލު ތަކެކެވެ. ނުބައިކޮށް ހަދާފައިވާ ކަމަށް ބުނެ ދައުރު ކުރަމުންދާ ބައެއް ބިލް ތަކަކީ 29 ދުވަހަށް ނުވަތަ 27 ދުވަހަށް ހިސާބު ހެދުމުން ތަފާތު އައިސްފައިވާ ބިލު ތަކެކެވެ.

ކަރަންޓް މީޓަރގެ ރީޑިންގ އަކީ ކޮންމެ ވަގުތަކުވެސް އަމިއްލައަށް ނަގައިގެން ހިސާބު ހެދޭގޮތަށް ގޭގައި ހަރުކޮށްފައި އިންނަ އެއްޗެކެވެ. ކަރަންޓު ބިލުގައި ޝައްކުވާ ކަންތައްތަކެއް އުޅޭނަމަ އަމިއްލައަށް ވަގުތުން ރީޑިންގ ނަގައިގެން ވެސް ޗެކު ކޮށްލެވޭނެއެވެ. އަދި ގިނައިން ކަރަންޓު ބޭނުންކުރެވޭ ކަމަށް ބެލެވޭ ނަމަ ކޮންމެ ދުވަހަކު ރީޑިންގ ނަގައިގެން ވެސް އެދުވަހެއްގެ ކަރަންޓްގެ ޚަރަދު އަނާދާޒާ ކޮށްލެވޭނެއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ބިލާ ބެހޭގޮތުން ޝަކުވާއެއް ވާނަމަ 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށައެޅުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން