ކަރަންޓު ބިލާމެދު ޝަކުވާއެއް އޮތްނަމަ ސްޓެލްކޯއަށް ހުށައަޅަން އެދިއްޖެއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާރ ސާވިސް އަދި ބިލިންގެ ނަމްބަރު ކަމަށްވާ 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ.

އަދި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާތައް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



އެ ކުންފުނިން ބުނީ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުތެރޭ ޖަވާބުދާރީ ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން