ރާއްޖެއާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އިސް އޮފިޝަލުންގެ 5 ވަނަ ބައްދަލުވުން އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.

ހާރިޖީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ މަގްސަދަކީ ރާއްޖެއާއި އީޔޫއާ ދެމެދު ހުޅުވާލެވިފައިވާ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވުން ކަމަށެެވެ.

އަދި މި އަހަރުގެ ބައްދަލުވުމުގައި ޑިމޮކްރެޓިކް އިސްލާހުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، އެޑަޕްޓޭޝަންއާއި، ހެޔޮވެރިކަމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމާއި، ސަލާމަތާއި ރައްކާތެރިކަމާއި ބެހޭގޮތުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖިއްޔާއިން ބުނެއެވެ.

މި ބައްދަލުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނަވާނީ ފޮރިން ސެކެރެޓަރީ ފާތިމަތު އިނާޔާއެވެ. މި ބައްދަލުވުމުގައި ހާރިޖީ ވުޒާރާގެ އިތުރުން ރައީސް އޮފީސް، މާލީ ވުޒާރާ، އިގްތިސޯދީ ވުޒާރާ، މަސްވެރިކަމާއި ބެހޭ ވުޒާރާ، އޭޖީ އޮފީސް، ތިމާވެއްޓާއި ބެހޭ ވުޒާރާ، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެމްއެންޑީއެފް ކޯސްޓްގާޑު، ފުލުހުންގެ ހިދުމަތް، ނޭޝަނަލް ރެއިންޓަގްރޭޝަން ސެންޓަރުގެ އިސް ވެރިން ބައިވެރިވާނެއެވެ.



ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީއެވެ.

2020 ވަނަ އަހަރުން ފެށިގެން ރާއްޖެ އާއި ޔޫރަޕިއަން ޔުނިއަންގެ އިސް އޮފިޝަލުންގެ މި ބައްދަލުވުން އަންނަނީ ބާއްވަމުންނެވެ. އީޔޫ އިން އަންނަނީ ރާއްޖެއަށް ތަރައްްޤީގެ މަޝްރޫއުތަކުގައި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮއްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން