ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ބާއްވަން، "ސިވިލްކޯޓް ހުޅުމާލެ ޑިިވިޒަން" ކުރިން ހިންގި އިމާރާތް ވަގުތީ ގޮތުން އެ ކޯޓަށް ދީފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ "ސިވިލްކޯޓް ހުޅުމާލެ ޑިިވިޒަން" ހިންގި އިމާރާތުގެ ތިން މާލަމެއް ކްރިމިނަލްކޯޓަށް ލިބުމުން، ކްރިމިނަލްކޯޓުގެ ހަ ސެކްޝަނެއްގެ މަސައްކަތް އެއްފަހަރާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ބޭނުން ނުކުރެވޭވަރު ވުމުން، އެއިމާރާތުގެ ބޮޑުބައި ބޭނުންކުރުން 2023 ވަނަ އަހަރު ވަނީ ހުއްޓާލާފައެވެ.

ކްރިމިނަލް ކޯޓުން ބުނީ އޭރުން ފެށިގެން މިހައިތަނަށް، އެކޯޓުގެ ޝަރީއަތްތައް ބާއްވަމުން އައީ އެންމެ މާލަމެއްގައި ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވާގޮތުގައި ވަގުތީ ގޮތުން މިގެނެވުނު ބަދަލާއި ގުޅިގެން ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެއަށް ބަދަލުކުރުމުން، މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީޢަތްކުރާ 03 މާލަން ހުސްކުރެވިފައިވެއެވެ.

"އެހެންކަމުން، މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ލިބިފައިވެއެވެ." ކްރިިމިނަލް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައިވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ހުޅުމާލޭން ލިބުނު ޖާގައާއެކު ގާއިމްކުރެވުނު ހަ މާލަމް، ގާޒީންގެ މެދުގައި އެކިދުވަސްތަކަށް ބަހާލައިގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އިސްކަންދޭނީ ދުވަސްވީ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ކަަމަށެވެ.

ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޒަން ހިންގީ ހުރަވީ ސްކޫލާ ޖެހިގެން ދެކުނަށް އޮތް ބިިމުގައި ހުރި އިމާރާތެއްގަ އެވެ. އެކޯޓުގެ ޝަރީއަތްތައް މާދަމާއިން ފެށިގެން އެ އިމާރާތުގައި ކުރިއަށް ދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން