ރާއްޖެއިން ހައްްޖުގެ އަޅުކަމަށް ދިޔަ ފުރަތަމަ ގްރޫޕް އުމްރާކޮށް ނިމިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިއްޔެ ފުރި މީހުން ޢުމްރާކޮށް ނިމި، މިހާރު ތިބީ ހޮޓަލުގައި ކަމަށެވެ. އަދި ހުރިހާ އެންމެންވެ ޙާލު ވެސް ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހޮޓަލުގައި ޚާއްޞަ ކުލިނިކް ވެސް ޤާއިމުކުރެވިފައިވާ ކަމަށާއި ޞިއްޙީގޮތުން ޚާއްޞަ ޙާލަތެއް އެއްވެސް މީހަކަށް މެދުވެރިވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން އިއްޔެ ޙައްޖަށް ފުރީ 298 މީހުންނެވެ. ހައްޖުގެ އަޅުކަމަށް ދާ ދެވަނަ ގްރޫޕް ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު 353 މީހުން ފުރާގޮތަށް ހަމަޖެހިފައިވާއިރު ފަހު ގްރޫޕް 339 މީހުނާއެކީ ފުރާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން މިއަހަރު ޖުމުލަ 980 މީހަކު ރާއްޖެއިން ހައްޖަށް ދާނެއެވެ. އެ ހުރިހާ މީހުންވެސް ހައްޖަށް ދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން