މާލެ މަތިން ފެންނަ މަންޒަރެއް
މާލެ މަތިން ފެންނަ މަންޒަރެއް
މާލެ ގެއެއްގެ ހަ ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މި ހާދިސާގައި ވައިލެޓްމަގުގައި ހުންނަ އިމާރާތަކުން ވެއްޓިފައި ވަނީ އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ވެއްޓިފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަ ވަނަ ބުރިން ކަމަށާއި މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އަދި ސާފުވާގޮތެއް ނުވެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުވެސް ވަނީ ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެފައެވެ. އަދި މިދިޔަ މަހުގެ 12 ވަނަ ދުވަހު ސ. ހިތަދޫ ފްލެޓެއްގެ 3 ވަނަ ފަންގިފިލާއިން 2 އަހަރުގެ ކުޑަ ކުއްޖަކު ވެސް ވަނީ ވެއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން