(ފޮޓޯ ޑަބްލިއުއެޗްއޯ މޯލްޑިވްސް)
(ފޮޓޯ ޑަބްލިއުއެޗްއޯ މޯލްޑިވްސް)
ބައިނަލަޤްވާމީ ސިއްހީ ގަވާއިދުތަކަށް ބަދަލު ގެންނަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރު ގައުމުތަކުން ނިންމައިފިއެވެ.

މި ބަދަލުގެންނަން ނިންމީ ކޮވިޑް 19 ފަދަ އާލަމީ ވަބާތަކުން ދުރާލާ ރައްކާތެރިވެ ތިބުމަށާއި އިޖާބަދިނުމުގައި އެކުގައި މަސައްކަތް ކުރުމަށް މަގުފަހި ކޮއްދިނުމަށެވެ. ޑަބްލިއުއެޗްއޯ އިން މައުލޫމާތުދޭ ގޮތުގައި ގަވާއިދު ބަދަލުވުމުން، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މާލީ ގޮތުންނާއި ބޭސް ހޯދުމަށް އެހީތެރިކަން ފޯރުކޮއްދިނުން ހިމެނިގެންދާނެއެވެ.

2005 ގައި އެކުލަވާލެވުނު މި ގަވާއިދަށް އިސްލާހުތަށް އަންނައިރު، އާލަމީ ވަބާގެ ކުއްލި ހާލަތު ގެ މާނަ ވެސް އިތުރަށް ފުޅާކުރެވިގެންދާނެއެވެ. އަދި އާ އިސްލާހުތަކާއެކު ކޮވިޑް 19 ފަދަ އާލަމީ ވަބާތަކުން ރައްކާތެރިކަން މުޅި ދުނިޔޭގައި އިތުރު ވެގެން ދާނެއެވެ.

ގިނަ ސިއްހީ މާހިރުން ދެކޭ ގޮތުގައި މި ގެނެވޭ އިސްލާހުތަކާއެކު "ޕެންޑަމިކް އެގްރިމެންޓް" އެއް އެކުލާވުމަށް ފަސޭހަ ވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން