އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ހިނގި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ލޯންޗުގެ ކައްޕިގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އިއްޔެ ހެނދުނު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ މާމިގިލީ ލޯންޗް "މައި އެކްސްޕްރެސް"ގެ ކެޕްޓަން އިސްމާއިލް އަޒީޒް އެވެ. އޭނާ ހައްޔަރުކުރީ އިއްޔެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އެ ހާދިސާގައި ނިޔާވީ ފ. ފީއަލީ ދޯންޏެއްގައި މަސައްކަތްކުރަމުންދިޔަ ކައްދާމް ހުސެއިން ނަމަކަށް ކިޔާ މީހެކެވެ.

އާއްމުކޮށް ފާނަ މަސްވެރިކަމަށް ނުކުމެއުޅޭ ކައްދާމް މަރުވީ އެ ސަރަހައްދުން ދަތުރުކުރި ލޯންޗެއް އޭނާގެ ގައިގައި ޖެހިގެން ނެވެ. އޭރު މަސްވެރިކަން ކުރަން އުޅުނީ ވެސް އެ ސަރަހައްދުގައި ދިދަވެސް ޖަހައިގެން ނެވެ.

އެ ހާދިސާގައި އޭނާގެ ހަށިގަނޑު އޮތީ ދެބުރިވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން