‎ 77ވަނަ ވަރލްޑް ހެލްތު އެސެންބްލީން ދައުލަތެއްގެ ގޮތުގައި ޑަބްލިއު.އެޗް.އޯ ގައި ފަލަސްޠީނު ބައިވެރި ކުރުމަށް ނިންމާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް މަރުޙަބާ ވިދާޅުވީ މީސް މީޑިޔާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައެވެ.

‎ރައީސް މިއަދު ވިދާޅުވީ، ޕަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ލިބިދިނުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ސަރުކާރާއި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގައި ފަލަސްޠީނުގެ ހައްޤުތަކާއި ދައުރު އިތުރަށް ފުޅާކުރުމަށް ހުށަހެޅި ޤަރާރާ އެއްކޮޅަށް ވޯޓުދިން 101 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ރައީސް ފާހަގަކުރައްވިއެވެ. އަދި މިއީ ޕަލަސްޠީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ފެންވަރުގައި ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

‎މީގެ އިތުރުން ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ލިބުމަކީ ރާއްޖޭގެ ރައްޔިތުން ފުރިހަމައަށް ތާއީދު ކުރާކަމެއް ކަމަށާއި، އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމުކުރުމަށް ކޮންމެހެން މުހިންމުކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވާރލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީޚީ ނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްޠީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން