ޑެންގީ ހުން އިތުރުވަމުންދާތީ އައިޖީއެމްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފައިސަލް "ރަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަހެއްހާ ދުވަހު ކޮންމެ ދުވަަހަކު ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ކުދިންނަށް ފަރުވާ ދެމުންދާ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ދެތިން ކުއްޖަކު އެޑްމިޓް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިހާރުވެސް ހަ ކުއްޖަކަށް ޑެންގީ ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އެ ކުދިންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކުދިންގެ ތެޜޭގައި ރާއްޖޭގެ އެކި ހިސާބުތަކުން މާލެ އައިސް އުޅޭ ކުދިންވެސް ހިމެނޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"[މަދިރި] ހަފައިގެން އެނދުމަތި ކުރަންޖެހޭ މިންވަރު އަނެއްކާވެސް އެބަ ގިނަވޭ. [ޑެންގީ] މިހުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ދަސްކުރާތި. ހުން ފިލިޔަސް މަދުވެގެން 48ގަޑިއިރަށް ރަނގަޅަށް ބަލާތި." އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން