(ފޮޓޯ: ދިވެހި ފުލުހުންގެ ޙިދުމަތް)
(ފޮޓޯ: ދިވެހި ފުލުހުންގެ ޙިދުމަތް)
މެއި މަހު ކުށްކޮށްގެން ރިޕޯޓް ކުރި މިންވަރު ދަށްވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް މަހު ޖުމްލަ 976 މައްސަލައެއް ރިޕޯޓް ކުރިއިރު، މެއި މަހު ރިޕޯޓުކުރީ 759 މައްސަލައެވެ. މިއީ 22 އިންސައްތަ ދަށް އަދަދެކެވެ.

ވޭތުވެދިޔަ ދެ މަހު ވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ނަމަވެސް އޭޕްރީލް މަހާ އަޅާ ބަލާއިރު މައްސަލަތައް ރިޕޯޓް ކުރި އަދަދު ވަނީ ދަށްވެފައެވެ. އޭޕްރީލް މަހު ޓްރެފިކްގެ 219 މައްސަލައެއް ހުށަހަޅާފައިވާއިރު މެއި މަހު ހުށަހެޅީ 169 މައްސަލައެކެވެ. އަދި ވައްކަމުގެ 283 މައްސަލަ އޭޕްރީލް މަހު ހުށަހަޅާފައިވާއިރު މެއި މަހު މި އަދަދު ވަނީ 244 އަށް ތިރިވެފައެވެ.



ހަމަ އެއާއެކު މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓް ކުރި އަދަދު މެއި މަހު ވަނީ 116 އިން 88 އަށް ތިރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން