ޗައިނާގެ ސަފީރު ވޭންގް ލީ ޖިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ސަފީރު އިހުތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު އެވެ.

ސަފީރު ވަނީ މަޖިލީހުގެ އެހެން ބައެއް މެމްބަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން މަޖިލީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ބަހެއް ވެސް ނުލިބެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން