ޑްރޯން މެދުވެރިކޮށް ބޭސް ފޮނުވަން އެންމެ ފުރަތަމަ ފަށާނީ ތ. އަތޮޅަށް ކަަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބޭސް އުފުލުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވަނީ ހާމަކޮށްފަ އެވެ.

ޖުލައި މަސް ފެށެން ކުޑަތަންވަމުންދާ އިރު ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ރަސް" އަށް ވިދާޅުވީ މިހާރު އެކަމުގެ ތައްޔާރީތައްވަމުންދާ ކަމަށެވެ.

އެގޮތުން އެކަމުގެ މަޝްވަރާތައް އެމްއެންޑީއެފާއި ޕޮލިސް އަދި ސިވިލް އޭވިއޭޝަނާއެކު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑްރޯން މެދުވެރިކޮށް އެންމެ ފުރަތަމަ ބޭސް ފޮނުވަން ފަށާނީ ތ. އަތޮޅަށް ކަމަށެވެ.

އެކަން މި އަހަރު ފަށާނެ ކަމަށް އޮފިޝަލު ވިދާޅުވި ނަމަވެސް އޭގެ ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.

މި މަސައްކަތް ފެށުމުން އެއްތަނުން އަނެއްތަނަށް ބޭސް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށާއި އެއީ މިހާރަށްވުރެ ހަރަދުގެ ގޮތުން ބެލިޔަސް އެތައްތަނެއް ހަރަދު ކުޑަވެގެންދާނެ ކަމެއްކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރ އަބްދުﷲ ހަލީލް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން