އިބްރާހިމް ފަހީމް   2 ޖޫން 2024 - 19:51
ގޮތްނޭނގި ހިނގާފައިވާ މަރުތަކުގެ މައްސަލަތައް ދިރާސާކޮށް އިންސާފު ހޯދައިދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރު ކޮމިޝަން އުވާލައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޮއި ކުރައްވާ މިއަދު ނެރުއްވާފައިވާ ގަރާރެއްގައި ވިދާޅުވެފައިވަނީ، 2018 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" އަށް މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ކޮށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ކޮމިޝަން އުވާލައްވާފައިވާކަމަށް ގަރާރުގައި ވެއެވެ.

ކުރީ ސަރުކާރުގައި އުފެއްދި އެ ކޮމިޝަނަކީ ހާއްސަކޮށް އަޙްމަދު ރިލްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން އެކަންކަން ދިރާސާކޮށް އާއިލާއަށް އިންސާފު ހޯދައިދިނުމަށް އުފެއްދި ކޮމިޝަނެކެވެ. އެ ކޮމިޝަނުން ވަނީ ކޮމިޝަނުން ކުރި މަސައްކަތުން ހޯދި ހޯދުންތައް ރައީސް އާއި ހިއްސާ ކޮށްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކޮމިޝަން އުފެއްދުމަށްފަހު، ބުނެފައިވަނީ ދެ އަހަރު ތެރޭ ކޮމިޝަނުގެ މަސައްކަތް ނިންމާނެ ކަމަށެވެ. ނަމަވެސް، އެ ވެރިކަމުގެ ދައުރު ނިމުނުއިރު ވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ. އެހެންކަމުން، އެ މައްސަލަތަކުގައި ހިމެނޭ މީހުންގެ އާއިލާތަކުގެ އެދުމުގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޝަންގެ ދައުރު މޭ މަހާ ހަމައަށް ދަންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން