އޯ ލެވެލްގައި އިސްލާމާއި ދިވެހި ހިމެނޭހެން ހަތަރު މާއްދާއެއް ހަދަން މަޖުބޫރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސުކޫލަކަށް އަންގައިފިއެވެ.

މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ސޮއި ކުރައްވާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލަރއެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލުކުރަން ކަނޑައަޅާފައިވާ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭ ކަމަށެވެ. އެހެންކަމުން، ގްރޭޑް 10އާ އެކު ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވާ ދިވެހި ނަސްލުގެ ކޮންމެ ދަރިވަރަކު މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގައި ބައިވެރިވާން ވާނެ ކަމަށް ބުނެފައިވެއެވެ.

ސާކިއުލަރ ގައި ބުނެފައިވަނީ މިއީ 2020 ވަނަ އަހަރުގެ ތެރޭގައި ވެސް ސްކޫލްތަކަށް އެންގި އެންގުމާއި ގުޅޭ ނިންމުމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަކުރެވޭ ދަރިވަރުންނާ މެދު ވަކި ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށާއި ނަމަވެސް، ދިވެހި ނަސްލުގެ ހުރިހާ ދަރިވަރުން ވެސް ސާނަވީ އިމްތިހާނުގައި މަޖުބޫރު ހަތަރު މައްދާގައި ބައިވެރިވުމަކީ އެ މިނިސްޓްރީގެ ސިޔާސަތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޢައިޝް

22-Jun-2024

މިހާރަކަށް އައިސް ވގިނަކުދިން ދިވެހި,އިސްލާމް ސްކިޕްކުރޭ....ހާއްސަކޮށް އޭލެވެލްހަދާކުދިން ސްކިޕްކުުރޭ



ފަހުގެ ލިޔުންތައް

ޓްރެންޑިން