އެމްއެންޑީއެފް ލ. ކައްދޫ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްދިޔަ މޫދު ޓްރޭނިންގއެއްގައި އުޅެނިކޮށް ދިވެހި ޒުވާނަކަށް މިޔަރެއް ހަމަލާދީގެން ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ރ. އުނގޫފާރު ނިއުލައިފް، މުޙައްމަދު ޒައިދާން އަށެވެ.

ތަމްރީނު ހަދަމުން ދަނިކޮށް މިޔަރެއް އޭނާއަށް ހަމަލާދިނީ މިއަދު މެންދުރު 1:00 އެހާކަންހާއިރުއެވެ.

މިހާދިސާއާއި ގުޅިގެން އެމީހާއަށް ފަރުވާ ދެމުން ދިޔައީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން