ރައްޔިތުންގެ މަޖިިސް
ރައްޔިތުންގެ މަޖިިސް
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް 41 މީހަކު ކުރިމަތިލައިފައިވާ ކަމަށް މަޖިލީހުގެ ރައީސް ، މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވުލުމުން ވަރަށް ގިނަ ބަޔަކު އެކަމަށް އިޖާބަ ދެއްވި ކަމަށެވެ. އެގޮތުން ހުސްވެފައިވާ ހަތަރު މަގާމަށް 41 މީހަކު ކުރިމަތިލާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ލިޔެކިޔުންތައް ވަރަށް ފުރިހަމައަށް ހުށަހެޅުއްވި ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ސީއެސްސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ އިއްވާފައެވެ. މި 41 މީހުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ތިން މެމްބަރަކު އިސްތިއުފާ ދެއްވައި އެއް މެމްބަރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. ސީއެސްސީގެ މެމްބަރުންގެ ތެރެއިން މަޖިލީހުން އިތުބާރުނެތް ކަމުގެ ވޯޓު ނަގާ ވަކި ކުރުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި އެ ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސެއިނެވެ. އެހެން ކަމުން މަޖިލީހުގެ މެންބަރުންނަށް މަގާމުން ވަކިކޮށްލަން ލިބުނީ ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަހީގް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން