ކަރަންޓު ބިލާ ގުޅޭ 6000 އަށްވުރެއް ގިނަ ޝަކުވާ ލިބިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލު ބޮޑު ވުމަކީ އާންމުކަމެކެވެ. ނަމަވެސް މިދިޔަ ދެމަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުކަމަށް ބުނެ އާންމުންގެ ޝަކުވާ ވެސް ވަނީ ގިނަވެފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާރ ސާވިސް އަދި ބިލިންގެ ނަމްބަރު ކަމަށްވާ 7788438 އަށް ވަޓްސްއަޕް, ޓެލެގްރާމް އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ބިލާ ގުޅޭގޮތުން މިހާތަނަށް 6000 އަށްވުރެއް ގިނަ ޝަކުވާ ލިބިފައިވާކަމަށެވެ. މީގެތެރެއިން ފޯނު މެދުވެރިކޮށް 659 ޝަކުވާ ހުށައަޅާފައިވާއިރު ހުރިހާ ކޯލްއަކަށް އެޓެންޑް ވެވިފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އަދި ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް 6135 ޝަކުވާ ލިިބިފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެހެންނަމަވެސް ޝަކުވާ އަކާއި ގުޅިގެން އެއްވެސް ކަރަންޓު ބިލަކަށް ބަދަލެއް ގެނެސްފައިނުވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށައެޅުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާއިރު، ލިބެމުންދާ ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑި އިރުތެރޭ އެޓެންޑްވުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން