ކުރީ ސަރުކާރުން ކުރިޔަސް މި ސަރުކާރުން ކުރިޔަސް ހިނދުކޮޅަކަށްވެސް އަސާސީ ހައްގެެއް ހުއްޓައެއް ނުލެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް ވިދާޅުވެއްޖެއެވެ.

މިހެން މައުރޫފް ވިދާޅުވީ އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މައުރޫފް އިތުރަށް ވިދާޅުވީ 2 މަސްދުވަސް ވެގެން ދާއިރު އައްޑޫ ސިޓީގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ސާފު ބޯފެން ނުލިބުމުގެ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

ގާނޫނު އަސާސީގެ 21 އަދި 23 ވަނަ މާއްދާއިން ކަށަވަރުކޮއްދޭ އަސާސީ ހައްގެއް ފޯރުކޮއްނުދީ އެހެން ބަޔެއްގެ ބޮލުގައި އިލްޒާމް އަޅުވައިގެން ތިބެވޭކަށް ނޯންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. މުއުރޫފް ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މި މައްސަލަ ބަލައިގަތުމުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕަށް ޝުކުރު އަދާކުރަށާވާފައެވެ. އަދި މި މައްސަލައަކީ ވަރަށް ބޮޑު އާބާދީ އެއްގެ އަސާސީ ހައްގަކާއި ގުޅިފައިވާ ކަމަކަށްވާތީ އަވަސް ހައްލެއް ހޯދާދިނުމަށް މައުރޫފް ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމް.ޑަބްލިއު.އެސް.ސީ އާއި ވަނީ ހަވާލުކޮށްފައެވެ. މިއީ 256 މިލިއަން ރުފިޔާގެ މަޝަރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން