ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ ދިވެހިންގެ ދެވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.

މިިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފައިވާގޮތުން، ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ފުރީ މިއަދު ރާއްޖެ ގަޑިން 16:00 ގައެވެ. މިފްލައިޓުގައި 354 ދިވެހި ހައްޖާޖީން ދަތުރަށް ފުރި ކަމަށް މިިނިސްޓްރީން ބުނެއެވެ.

ޖިއްދާއަށް މި ފްލައިޓު ޖައްސާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން މިރޭ 21:21 ގައެވެ. އެއީ މައްކާ ގަޑިން 19:21 ހާއިރު އެވެ.

ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިންގެ ކަންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާކަން އެވުޒާރާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން