ރާއްޖޭގައި ހިންގާ ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން އެއްދާއިރާއަކުން އެންމެ ގިނަ މީހުންގެ ވަޒީފާއަށް އަސަރުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން
ރާއްޖޭގައި ހިންގާ ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން އެއްދާއިރާއަކުން އެންމެ ގިނަ މީހުންގެ ވަޒީފާއަށް އަސަރުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން
ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓު އެލަވަންސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަޒީފާ އިން ވަކިކޮށް މުސާރައަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑސެމްބަރު އެކެއްގެ ފަހުން ވަޒީފާ އިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވުމުގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާނަމަ އިންކަމް ސަޕޯޓް އެލަވަންސަށް ކުރިމަތިލެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މި އެލަވަންސް ލިބޭ ޝަރުތު ތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، ރާއްޖޭގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވުމާއި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން ހިމެނެ އެވެ. އަދި އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާނަމަ ކަމަށްވެސް އުސޫލުގައިވެއެވެ. މީގެ އިތުރުން ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުގުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތެއް ކަމަށްވާން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އިންކަމް ސަޕޯޓުގެ ގޮތުގައި ދޭނީ 5،000ރ. އެވެ. މި އެލަވަންސް ދޭނީ މި އަހަރުގެ މާޗް އެކަކާ ހަމަ އަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތް ތަކަށް ކަމަށް އުސޫލުގައި ބުނެ އެވެ.

އިންކަމް ސްޕޯޓް އެލަވަންސް ދެވޭނީ މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ކޮންމެ މަހެއްގެ އެލަވަންސް ދެވޭނީ، ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދިފަހުން ވަނީ އިންކަމް ސްޕޯޓް ގިނަ ބަޔަކަށް ދެވޭ ގޮތަށް އުސޫލަށް ބަދަލު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މިހާތަނަށް 8،488 ފަރާތަކަށް 35 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން