މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން މިއަހަރު ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމް.ޕީ.އެލް އިން ބުނީ މި އަހަރު އެޕްރެންޓިސް ޕްރޮގްރާމްގައި ޓަގް އޮޕަރޭޓުންނަށް 08 ޖާގަ އާއި އޮޓޮމޯޓިވް މެއިންޓަނަންސްއަށް 09 ޖާގަ ހުޅުވާލާފައިވާކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށް ކަމަށް އެމް.ޕީ.އެލް އިން މަޢުލޫމާތުދެއެވެ.

މި އަހަރު އެޕްރެންޓިސް ޕްރޮގްރާމްގެ އޮޓޮމޯޓިވް މެއިންޓަނަންސް ގައި ބައިވެރިވެވޭނީ އުމުރު 18 އަހަރާއި 30 އަހަރާއި ދެމެދުގެ، ހިސާބު ހިމެނޭހެން ޖީ.ސީ.އީ އޯލަވެލް އިމްތިހާނުން މަދުވެގެން 03 މާއްދާއިން ދަށްވެގެނެން "ސީ" ފާސް ލިބިފައިވާ ފަރާތްތަކަށެވެ.

އަދި އެޕްރެންޓިސް ޕްރޮގްރާމްގެ ޓަގް އޮޕަރޭޓުންގެ ގޮތުގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ އުމުރު 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ.

އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 10 ޖޫން 2024 ވާ ދުވަހުގެ 15:30 އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން