މުޖުތަމައުގައި ހަމަޖެހުން  ޤާއިމްވާނީ އެތަނެއްގައި އުޅޭ ބައެއްގެ އަޚުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން “އައިޔޫއެމް ސަނާބިލް ޕްރޮޖެކްޓް” ޞުކޫކުގައި ބައިވެރިވުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމްކުރުން އެއީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

އަދި ތަނެއްގައި ހަމަޖެހުން ޤާއިމްވާނީ އެތަނެއްގައި އުޅޭ ބައެއްގެ އަޚުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަނެއްގައި ސުލްޙަވެރިކަމާއި، އަމާކަން އަދި އަދުލުވެރިކަންވެސް ޤާއިމުކުރެވޭނީ ރަނގަޅު އަޚުލާގެއްގެ މަތީގައި ދެމިތިބެވިގެން ކަމަށެވެ.

ސައްތައިން ސައްތަ މުސްލިމު ދިވެހި ޤައުމުގައި ބޭނުންވާ އެންމެ މުހިންމު ބަދަލަކީ މި މިޖުތަމައުއަށް އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައިވާ ދަރިންތަކެއް ފެނިގެން ދިއުން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަބުދުއްރަޙީމް ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގައި ދިވެހިން ބޭނުންވާ ތަރައްގީއާއި ތަހުޒީބު ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭ ތަނެއް ކަމަށެވެ. އިސްލާމީ ތަޢުލީމު ފަސޭހަކަމާއި އެކީގައި ފޯރުކޮށްދިނުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަން ފާހަގަކުރައްވަމުން ޢަބުދުއްރަޙީމް ވިދާޅުވީ އެކަމާއި ގުޅުންހުރި ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެކަށީގެންވާ ވަރުގެ މާލީ ތަނަވަސްކަމެއް ލިބެންޖެހޭކަން ޢަބުދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ޖާގައިގެ ފަސޭހަކަން އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ، އެ މުއައްސަސާއެއް ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.

މިއަދު އިފްތިތާހު ކުރެވިގެން ދިޔަ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އެޅިގެންދާ އިމާރާތް ވެގެންދާނީ، ޖާގައިގެ ދަތިކަމަށް ލުއިތަކެއް ލިބިގެންދާނެ މަގެއްކަން މަޖިލީހުގެ ރައީސް ވަނީ ފާހަަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން