ފޮޓޯ: ޕެލަޖިކް ޑައިވަރސް މޯލްޑިވްސް
ފޮޓޯ: ޕެލަޖިކް ޑައިވަރސް މޯލްޑިވްސް
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައިފިއެވެ.

އެގޮތުން މުޅި ފުވައްމުލަކު ސިޓީ އިން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށް މަޢުލޫމާތު ލިިބިފައިވެއެވެ. އަދި ކަރަންޓު ކެނޑިފައި ހުންނަތާ މިހާރު ބައިގަޑިއެއްހާރު ވެދާނެކަމަށް މަޢުލޫމާތު ލިިބިފައިވެއެވެ.

މިކަމާ ބެހޭގޮތުން ރަސް އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަން ގެ މީޑިއާ އޮފިޝަލު މަޝާރު ވިދާޅުވީ ފުވައްމުލަކު ސިޓީއިން މިރޭ ކަރަންޓު ކެނޑިފައިވަނީ ޖެން ސެޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މިހާރު މިމައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މަޝާރު ވިދާޅުވިއެވެ.



ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ފެނަކަ ކޯޕަރޭޝަނުން ވަނީ މާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން