ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލިގޮތާމެދެ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދާއިމީ 18 ކޮމިޓީއެއް މިއަދު ވަނީ އެކުލަވާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާ އިބްރާހީމް ނާޒިލް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލި ގޮތާއިމެދު ހިތްހަމަޖެހޭ ކަމަށާއި ކޮމެޓީތަށް ބަހާފައިވަނީ އެޕާޓީއަށް ވެސް އެއްބަސްވެވޭ ގޮތަށް ކަމަށެވެ.

ނާޒިލް ވިދާޅުވީ އެޕާޓީއަށް ކޮންމެ ކޮމިޓީއަކުން ދެ ޖާގަ ބޭނުންވިކަމަށާއި ނަމަވެސް އެ ޕާޓީއަށް ޖާގަ ދީފައިވަނީ ޕަސެންޓޭޖް ނިސްބަތުން ބަލާފައި ކޮމިޓީތަކަށް ވާވަރަށް ކަމަށެވެ. އަދި ދާއިމީ ކޮންމެ ކޮމިޓީއަކުން އެޕާޓީއަށް ޖާގަ ލިބިފައިވާއިރު ބައެއް ދާއިމީ ކޮމިޓީތަކުން ދެވަނަ ޖާގަވެސް އެމްޑީޕީއަށް ލިބުނު ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެގޮތުން މާލިއްޔަތު ކޮމިޓީއާއި، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއާއި، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީގެ އިތުރުން ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދެ ޖާގަ އެޕާޓީއަށް ދީފައިވާއިރު އިޤްތިޞާދީ ކޮމިޓީން 3 ޖާގަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިލް އިތުރަށް ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ދާއިމީ 18 ކޮމިޓީގައި މެންބަރުން ތިއްބަވަން ކަނޑައެޅި ގޮތާމެދު އެޕާޓީން ރުހޭކަމަށެވެ. ކޮމިޓީތައް ކަނޑައެޅިގޮތާމެދު އެޕާޓިގެ ހުރިހާ މެންބަރުންނަށްވެސް އެއްބަސްވެވޭކަން ނާޒިލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ތިން ކޮމެޓީ އަށް ރިކުއެސްޓް ކުރިން، ދެ ކޮމެޓީ މި ލިބުނީ 241 ކޮމެޓީއަކުން އަޅުގަނޑުމެންނަކަށް ނުލިބޭ ޖާގައެއް. އަޅުގަނޑުމެންނަށް ވެސް އެބޭފުޅުންގެ ވިސްނުމާއި އެކީގައި ދޫކޮށްލަން އަޅުގަނޑުމެންގެ ތެރޭގައި އެއްބަސްވެ އެގޮތަށް ނިންމީ. ހުރިހާ ބޭފުޅުން އެއްބަސްވެގެން މިހާރު ކޮމެޓީތައް އެކުލެވި މިއަދު ވޯޓަށްފަހު ފާސްވެގެން އެދިޔައީ އަޅުގަނޑުމެން މިހާރު އެއްބަސްވެފައިވާ ގޮތާއި އެކީގައި." ނާޒިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން