ފޮރިން މިިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާ މިރޭ ވަޑައިގަތުމާއެކު އެގައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފޮރިން މިިނިސްޓަރ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ. މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، އެ މަނިކުފާނު މިނިސްޓަރ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.



މިިނިސްޓަރ ޒަމީރު މިރޭ ސްރީލަންކާއަށް ވަޑައިގަތުމާއެކު، ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ތަރަކަ ބަލަސޫރިޔާ ވަނީ ސްރީލަންކާ އެއަރޕޯޓުން މިިނިސްޓަރ ޒަމީރު އަށް މަރުޚަބާ ދަންނަވާފައެވެ.



މިނިސްޓަރ ޒަމީރު ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާ އާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލަންކާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ.

މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެކަމަށް މަޢުލޫމާތު ލިިބިފައިވެއެވެ. މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން