ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް އަންނަ ޖުލައި މަހުގެ 31ގެ ކުރިން ދެެއްކުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން ނުދައްކާކަން އެ ވުޒާރާއިން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކޮށްފައިވާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ޖުލައި 31ގެ ކުރިން ދައްކަން އެއިޢުލާންގައި ވަނީ އަންގާފައެވެ. އަދި އެ ދުވަހުގެ ނިޔަލަށް ފީތަކާއި ޖޫރިމަނާތައް ދައްކާ ހާލާސްނުކުރާ ފަރާތްތަކަށް، ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު އެ ވުޒާރާއިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން