ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރޭ ޓީވީ ޕްރޮގްރާމެއްގައި އަމީރު ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތާއި އަދި ސިޔާސީ މަގާމުތައް ވެސް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ވެސް މިހާރު 2000 އިން މައްޗަށް އަރާފައިވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އޭރު ސިޔާސީ މަގާމުތަކުގެ އަދަދު އުޅުނީ 700 ގައި ކަމަށެވެ.

ހަމަ އެހެންމެ ބައެއް ކުންފުނިތަކުގައި ސިޔާސީ މަގާމުތައް އިތުރުވެގެން ގޮސް އިށީންނާނެ ތަނެއް ނެތް ހިސާބަށްވެސް މިހާރު ގޮސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާވެސް ނުދެވުނު ކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓި އަދި އިންޑިއާއާ ޖެހުނު މައްސަލައިގެ ސަބަބުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވެ ބިލިއަނުން ގެއްލުންވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"މިހާރު އިގްތިސާދު އެއްކޮށްހެން ހުއްޓިފައި، ވިޔަފާރިތައް ހުއްޓިފައި، އެއްވެސް ކަމެއް ކުރިއަކަށް ނުދެވޭ." އަމީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން