ތުރުކީ ވިލާތުގެ ސަފީރުކަމަށް އައްޔަނުކުރަން ބޭފުޅެއްގެ ނަން ފޮނުވައިފި އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ ތުުރުކީގެ ސަފީރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަން އިއްވަވައިފަ އެވެ.

އެގޮތުން އެ މަގާމަށް އައްޔަނުކުރަން ފޮނުއްވާފައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަޙީމް ޢަބްދުއް ލަތީފްގެ ނަމެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރަން އިތުރަށް ދިރާސާ ކުރަން ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.

އަބްދުއް ރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ ޢޭޕްރީީލް މަހު އެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރު އަބްދުއް ރަހީމް ހޭދަކުރެއްވި އިރު އޭނާ ވަނީ ތިނެއް ނޮވެމްބަރުގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން