ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރަށްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ސީއެސްސީގެ މެންބަރުކަމަށް ޙަބީބާ ޢައްޔަނު ކުރަށްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިރަސްމިއްޔާތުގައި ފާޠިމަތު ޙަބީބާއާ ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

ފާތިމަތު ހަބީބާއަށް ރުހުން އޮތް ކަމަށް މަޖިލީހުގެ 38 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ފާތިމަތު ހަބީބާ އަކީ ޔުނިވަސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓާސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާސިލްކުރައްވާފައިވާ ފަރާތެކެވެ.

ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން