ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަން ކުރަށްވައިފިއެވެ.

މި ދެބޭފުޅުން ޖޭއެސްސީއަށް ޢައްޔަނު ކުރަށްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖޭ.އެސް.ސީ އަށް ޢަބްދުއްރަޙީމް ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޙުސައިން ރިޒާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖޭ.އެސް.ސީގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރިޒާ ޖޭއެސްސީއަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ 83 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން