މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ރަސް"އަށް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އެހެންވެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްއަށް އަމަލުކުރަމުންދާ ކަމަށާއި އަދި އިތުރުކުދިން ޓެސްޓުކުރަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖީދިއްޔާ ސްކޫލުން ވަކި އެއްޗެއް ނުބުނެ އެވެ. އަދި ޕޮޒިޓިވްވި ދަރިވަރުގެ މިހާރުގެ ސިއްހީ ހާލަތެއްވެސް ނޭނގެ އެވެ.

ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުން ޓީބީޢަށް ޕޮޒިޓިވްވީ މަޖީދިއްޔާގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރެކެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ސީއެޗްއެސްސީގެ ދަރިވަރެއް ވެސް ޓީބީއަށް ޕޮޒިޓިވްވެފައި ވެއެވެ.

ޓީބީއަކީ ފުރާނައަށް ނުރައްކާ ބައްޔަކަށްވާއިރު އެ ބަލި 2025 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ރާއްޖެއިން ނައްތާލަން އޮތީ އަމާޒު ކަނޑައަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން