ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރ ކުރެއްވި މި ޒިޔާރަތުގައި ހައި ކޮމިޝަނުގެ މުވައްޒަފުންނާއި ބައްދަލުކޮށްލެއްވިއެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ މަސްްއޫދު އިމާދު އަދި ކޮމިޝަނުގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތަކަށް މިނިސްޓަރ ޝުކުރު އަދާކުރިއެވެ.

މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ކޮންސިއުލާރ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މުހިންމުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



މިނިސްޓަރ ޒަމީރު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހަ އަދި ބޮޑު ވަޒީރު ޑިނޭޝް ގުވަރދެނާ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން