ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މިމަޤާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އޮފީހުން ވަނީ މިއަދު މަޖިލީހަށް ފޮނުވާފައެވެ. މި މަޤާމަށް ކުރިމަތިލާފައިވަނީ މުހައްމަދު މުނައްވަރު އަލީ އާއި، ޝީރީން ނާހިދާ ލަތީފެވެ. މިދެބޭފުޅުންގެ ނަންފުޅު ދިރާސާކުރުމަށް މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލެއް އޮތް ނަމަވެސް އެކޮމިޝަނަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭ މައްސަލަ މީގެ ކުރިންވަނީ ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައެވެ. އަދި އެކޮމިޝަނަށް އަހަރަކު 5 މައްސަލަވެސް ނުބެލޭކަމަށާ، މިއީ ކަންބޮޑުވާ މައްސަލައެއް ކަމުގައި ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން