ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަށް އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. ޢަލީ ޒާހިރު ތައުރީފު ކުރައްވައިފިއެވެ.

އަލީ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރުމަކީ ސަރުކާރުގެ ހިތްވަރު ގަދަ ނިންމުމެއް ކަމަށާއި ކުޑަ ގައުމަކަށް ބަލާއިރު އެއީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.

ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާމެދު އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަން އާދިއްތަ ދުވަހު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، އެކަން ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލަސްނުވެ ކުރިއަށް ދާނެކަމަށެވެ.



ސަރުކާރުގެ އެ ނިންމުމަށް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ލިބި ގިނަ ބަޔަކު ދަނީ އެ ނިންމުމަށް ތައުރީފު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން