ކުޑަކުދިންތަކެއް ވެގެން އިތުރު ކުއްޖަކަށް ބުލީކޮށް އަނިޔާކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިހާރު މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެކުދިންގެ މެދުގައި ހިނގި ކޮންމެވެސް ކަމެއްގައި ކައިރީތިބި ކުދިން އެ ކުއްޖާއާއި ސުވާލުކުރާތަން ފެނެއެވެ. އެކުއްޖާ ކައިރީ ސުވާލު ކުރުމުން، "ތިމަންނާ ބުނީ ތިމަންނަ ކައިރީ ތިބި މީހުންގެ ނަންތަކޭ" އަނިޔާ ލިބުނު ކުއްޖާ ބުނެއެވެ.

އެއަށްފަހު އަނިޔާ ލިބުނު ކުއްޖާގެ ބޮލުގައި އެތަނުން ކުއްޖަކު ވަރަށް ބާރަށް ޖަހައެވެ. އަދި ދެންހުރި ކުއްޖަކު ވެސް އެކުއްޖާގެ އެކި ތަންތަނުގައި ވަރަށް ބާރަށް ތަޅައެވެ. އަނިޔާ ލިބުނު ކުއްޖާ ވަރަށް ބާރަށް އޭރު ރޮމުން ގެންދެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، މިއީ މީގެ ދުވަސްކޮޅެއް ކުރިން ހިނގާފައިވާ ހާދިސާއެއް ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައިވާނޭކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގީ ކ. ގުރައިދޫގައެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ވަނީ ކުޑަކުއްޖަކު މިސްކިތެއްގެ ފާހާނާއެއްގެ ތެރެއަށް ވައްދާ އަނިޔާކުރާ ވީޑިއޯއެއްވެސް އާންމުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން