ހުޅުލެ ނެރުކައިރިން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މެރިން ޕޮލިސް އިން މިރޭ ބުނީ، މިރޭ 11:00 ހާއިރު ހުޅުލެ ނެރުކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓު ވުމާއި ގުޅިގެން މެރިން ޕޮލިސް އިން ދަނީ އެ ތަނުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި އެކްސިޑެންޓުގައި 7 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށާއި އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން