ދައުލަތުގެ ދަރަނި އޮތް މިންވަރު ބެލުމަށް މަޖިލީހުގެ ރައީސް މިއަދު މަޖިލީހަށް މައްސަލައެއް ހުށައަޅުއްވާފައިވަނީ ދަރަނީގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާއާއި، ފިނޭންސް މިނިސްޓަރުގެ އެއްބާރުލުން ލިބިވަޑައިނުގެންނެވުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސަރުކާރު ހިންގާ މައިޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވި މަޤްސަދާއި ގުޅޭގޮތުން ވާހަކަ ދައްކަަމުން މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޯވިޑް-19ގެ މިހާލަތާއި ގުޅިގެން ދައުލަތުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަންބޮޑުވެ ދައުލަތުން ބޮޑެތި ލޯނުތައް ދަރަނީގެ ގޮތުގައި ނަގާ މައްސަލަ ބެލުމަށް ކަމަށެވެ. އަދި ފާއިތުވެދިޔަ ސަރުކާރާއި މިސަރުކާރުގައި ދައުލަތުން ނަގާފައިވާ ލޯނުތަކާއި އެލޯނުތައް ދައްކަމުންދާ ގޮތް ސާފުކުރުމަށް މިމައްސަލައިގައި ވަނީ ހުށަހަޅާފައެވެ.
ދައުލަތުގެ މިހާރުގެ މާލީ ވަޒީރާއި، ކުރީގެ 2 މާލީ ވަޒީރެއްގެ ދައުރުގައި ދައުލަތުން ނަގާފައިވާ ލޯނުތަކާއި ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް މަޖިލީހަށް ސާފު ކޮށް ދިނުމަށް މިމައްސަލާގައި ހުށަހަޅާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލަ މަޖިލީހާއި ހަމަޔަށް ގެންނަން ޖެހުނީ މިކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތީން މާލީ ވަޒީރާއި ރައީސަށް ދެންނެވުުމުންވެސް އިޖާބަ ނުދެއްވުމުންކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުން މިމައްސަލަ އަޅުގަނޑު މަޖިލީހަށް މިގެނައީ ރައީސުލްޖުމްހޫރިއްޔާއާއި، މާލީ ވަޒީރާއިވެސް ވާހަކަދައްކައި މިކަމުގައި އަލި މަގެއް ނެފެނުމުން. އަޅުގަނޑުމެންނަށް އެބަ އެގެންޖެހޭ ދައުލަތުގެ ދަރަނި އޮތް މިނިްވަރު. ދައްކަންޖެހޭވަރު. މިއީ މިހާލަތުގައި އަޅުގަނޑުމެން ސާފުކުރަންޖެހޭ ކަމެއް. މިއީ ވަކި އަތަކަށް ޖެހިގެން އަޅުގަނޑު ކުރާކަމެއްނޫން. މިއީ މިހާރުގެ މާލީވަޒީރާއިއެކު ކުރީގެ 2 ވަޒީރަކު ހުރެގެން ދޫކޮށްފައިވާ ލޯނުތަކުގެ ތަފްސީލް ނުލިބިވާތީ އެކަން ހިގައިދިޔަ ގޮތެއް ސާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއް." ރައީސް ސޯލިހުގެ އެއްބާރުކުން ކަމަކަށް ލިބިވަޑައި ނުގެންނެވިކަން ފުރަތަމަ ފަހަރަށް ފާޅުގައި ހާމަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މިމައްސަައަށް ތާއީދުކޮށް ވާހަކަ ދެއްކެވިއިރު އިދިކޮޅު މެމްބަރުން ވިދާޅުވީ މިފަދަ މައްސަލައެއްގައި، ޚާއްސަކޮށް މިހާރުގެ މާލީ ވަޒީރުގެ އެއްބާރުލުން ނުލިބޭނަމަ މަޤާމުން ވަކިކުރުމަކީ މަޖިލިސް ރައީސް ކުރައްވަން ޖެހޭކަމެއްކަމަށެވެ. ޚާއްސަކޮށް ސޮވެރިން ގެރެންޓީ ދީގެން ނަގާ ލޯނުތަކުގެ ސަބަބުން ދައުލަތަށް އެތައް މާލީ ބުރައެއް އުފުލަންޖެހޭކަމަށް މިމައްސަލައިގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.
ދައުލަތުގެ ދަރަނީގެ މައުލޫމާތު ސާފު ކުރައްވަން ކުރެއްވި މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއާއި މާލީވަޒީރުގެ އެއްބާރުލެއްވުން ލިބިވަޑައި ނުގެންނެވި ކަމަށް ވިދާޅުވެ ރައީސް ނަޝީދު މަޖިލީހަށް މައްސަލައެއް ހުށައަޅުއްވާފައި ވާއިރު މިއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް އަދި އެކަން ހިނގާފައިވަނީ ކިހިނެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު