ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައިފި އެވެ.

މިއީ ޒަމީރު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ.

އިއްޔެ ހަވީރު ބޭއްވި އެ ބައްދަލުވުމުގައި ޒަމީރު ވަނީ ލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލު އަހުވާލު ބައްލަވާލައްވައިފަ އެވެ.

އަދި ދިވެހި ސަރުކާރުން ލަންކާ ސަރުކާރާ ވާހަކަ ދައްކައިގެން ލަންކާގައި ދިވެހީންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

މިނިސްޓަރ ޒަމީރު ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ.

ޒަމީރު ވަނީ ކަލްޗަރަލް ސެންޓަރުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ދެއްވާާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

މިނިސްޓަރ ޒަމީރު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހަ އަދި ބޮޑު ވަޒީރު ޑިނޭޝް ގުވަރދެނާ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން