ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ ރާއްޖެއާ އިތުރަށް ގުޅުން ބަދަހިވެގެންދާތަން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އާންމު އިންތިހާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރިހޯދައި ބޮޑުވަޒީރުގެ މަގާމަށް ތިންވަނަ ދައުރެއް މޯދީއަށް ކަށަވަރުވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޯދީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ދެ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ދެ ގައުމުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިޔުމުގައި އެކުގައި މަސައްކަތް ކުރުމުގެ އުންމީދުގައި ހުންނެވިކަމަށެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވައި މޯދީ ވިދާޅުވީ އިންޑިއާ ކަނޑުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުން އެކުގައި މަސައްކަތްކޮށް ގުޅުން ބަދަހިކުރާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަން މޯދީ ފާހަގަ ކުރެއްވި އެވެ.

މޯދީގެ ކާމިޔާބީއަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް އެކްސްގައި މަރުހަބާ ވިދާޅުވުމުން މޯދީ ވަނީ އެ ޕޯސްޓަށް ވެސް ޖަވާބު ދެއްވައި ރާއްޖެއާއި ގުޅުން ބަދަހިކުރަން ބޭނުންފުޅުވާކަން ހާމަ ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނާގޮތުން މޯދީ ނިސްބަތްވެވަޑައިގަންނަވާ އިންޑިއާގެ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވަނީ 292 ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއަށް ލިބިފައިވަނީ 239 ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން