ދިޔަނެރު ފަރަށް އެރި ޓަގު ބޯޓު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

އޭއެމް އެޑްވޭ ނަމަކަށް ކިޔާ ޓަގާއި އެ ޓަގާއެކު ރާއްޖެ އައި ބާޖު އެރޮން، ދިޔަނެރު ފަރަށް އެރީ މިދިޔަ ސެޕްޓެމްބަރު މަހު 23 ގައެވެ.

އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 28 ސެޕްޓެމްބަރު 2023 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ކޮށްފައިވާ ކަމަށެވެ. އަދި ފަރަށް އެރި ސަރަޙައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަޙައްދުން 804 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ބާޖު އެރި ސަރަޙައްދަށް ގެއްލުމެއް ލިބިފައިނުވާކަމަށް ބުނެފައި ވެއެވެ.

އެހެންވެ، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން 20.2 މިލިއަން ރުފިޔާ ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އެ ޖޫރިމަނާގެ ފައިސާ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އުޅަނދުގެ ވެރިފަރާތަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޙަލީމު

22-Jun-2024

ފޫނެއް ފަޔައް ފެންފުރުން ތިޔައް ކިޔަނީ



ޓްރެންޑިން