ރާއްޖޭގެ އިޤްތިޞާދީ މަންޒަރު ތަސައްވުރު ކުރެވޭނީ މާލީ ވުޒާރާއިން ރަނގަޅު މަންޒަރު ދެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ މެންބަރުން އިސްކުރަންޖެހޭނީ ޕާޓީ މަސްލަޙަތު ނޫންކަމަށާއި ޤައުމުގެ މާލީ މަސްލަޙަތު ކަމަށެވެ. އަދި ޤައުމުގެ މަސްލަޙަތުގައި އިޚްލާސްތެރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހިލޭ އެހީ ދިނުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން އަބަދު ކުރާނެ ކަމެއް ނޫންކަމަށާއި ރާއްޖޭގެ މާލީ ހާލަތު އެންމެ ރަނގަޅު ނޫންނަމަ ބޭރުގެ މާލީ އިދާރާތަކުން ބުނާ "ހިތި ބޭސް" ބޯންޖެހޭކަން ސާފުވާން ޖެހޭ ކަމަށެވެ.
“އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯ ކޮށްދޭންވީ ކޮން ކަމެއްތޯ. މިހެން ގޮސް ބަނގުރޫޓްވީމަ ކަމަކު ނުދާނެ.” ނާޒިމް ވިދާޅުވި އެވެ.
އެގޮތުން އަވަށްޓެރި ލަންކާ ބަނގުރޫޓުވާން ދިޔައިރު ދުނިޔޭގެ ބޮޑު އެއްވެސް ގައުމަކުން އެހީ ނުދިނީ އިގްތިސާދެއްގައި ހުންނަންޖެހޭ އެންމެ މުހިންމު ކަންކަން ލަންކާގައި ފުރިހަމަ ނުކުރެވި ހުރުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
“ހާޑްޓޯކް އަޅުގަނޑުމެން ކުރަންވީއޭ ފިނޭންސް މިނިސްޓްރީއާ. ބުލްޝިޓް ނުކުރާށޭ. ތެދަށް ބުނާށޭ. ވާންވީ ގޮތެއް ބުނާށޭ.” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓެކްސް ބޮޑުކުރުން ނުވަތަ އެ ނޫން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އަންނަ އަހަރުގެ ބަޖެޓް ފާސްކުރަންދެން މަޑުނުކޮށް, ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.
“ރައްޔިތުންގެ ކައިރީގައި ވެސް ބުނަންވީއޭ ހަގީގަތާ ކުރިމަތިލާށޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ. އެ މަންޒަރު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން ރަނގަޅު މަންޒަރު ދެއްވީމަ.” ނާޒިމް ވިދާޅުވެފައިވެއެވެ.
ނާޒިމްގެ ވާހަކަފުޅާ ގުޅިގެން މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ފިނޭންސް މިނިސްޓަރު މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު