ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށް ވިދާޅުވެ ރައީސް، ނަޝީދު މަޖިލީހަށް މައްސަލައެއް ހުށައެޅުއްވީ މަޖިލީހުގައި ކުރާނެ ކަމެއް ނެތިގެން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިހެން ވިދާޅުވީ، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ނުނިމޭތީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލަ މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ދައުލަތުން ގެރެންޓީ އެއް ދިނަސް ލޯނެއް ދިނަސް އޮޑިޓް ރިޕޯޓެއް އޮންނާނެ ކަމަށާއި، އެ ރިޕޯޓް ހޯއްދެވުމަށްފަހު މެމްބަރުން އެކަމަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމިންގެ ސަރުކާރުން އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނާއި އެއްގޮތަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް ދެން ވާންވީ ގޮތެއް ނޭގޭ، ލޯނެއް ނަގަން އެގެނީއެއް ނޫން، ގަައުމު ތަރައްގީ ކުރަން އެގެނީއެއް ނޫން، މިގައުމު ހިގަން އެބަޖެހޭ. ރައްޔިތުން އެތިބީ ނިކަމެތި ކަމެއްގަ އިގްތިސާދު އަޑިއަށް ދަނިކޮށް ޕެންޑަމިކެއް އައީ އެ ޕެންޑަމިކާ އެކު މާ އަޑިއަށް މިވަނީ ގޮސްފަ. މި ޒިންމާ ނަގާނެ މީހަކު ނެތް. ރައީސް ވެސް ހުރިހާ ދިމާލަކަށް އަތްކޮށްޕައިގެން މަސައްކަތެއް ކުރެވޭތޯ އެބަ ބައްލަވާ." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ސޯލިހްގެ ކެބިނެޓްގަައި ހެލްތް މިނިސްޓަރު އަމީން ވަރުގެ ބޭފުޅަކު ނެތް ކަމަށާއި، ސަރުކާރުގެ އެހެން ވަޒީރުންނަށް ދޭނީ ޔޫ އެއް ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެހެން ހުރިހާ ކެބިނެޓް މިނިސްޓަރުންނަށް އަޅުގަނޑު ދޭނީ ޔޫ، އެހެން ނަމަވެސް ހެލްތް މިިނިސްޓަރަށް އަޅުގަނޑު ދޭނަށް ޑީ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން