މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު
މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު
ރައީސް ސޯލިހްގެ ސަރުކާރު ކިރިޔާ ވެސް ހިގަނީ މަޖިިލިސް ކުރިއަށްދާތީ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ކިރިޔާ ވެސް ހިގަނީ މަޖިލިސް ކުރިއަށްދާތީ ކަމަށެވެ. މަޖިލިސް ކުރިއަށް ނުދާނަމަ މުޅި ދައުލަތް ހުއްޓިގެންދާނެ ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

"މި ސަރުކާރުގެ މާލީ އެއްވެސް ވިސްނުމެއް ނެތް އިގްތިސާދީ އެއްވެސް ވިސްނުމެއް ނެތް، މުޅި ސަރުކާރުގެ ސިސްޓަމް އެއްކޮށް މިވަނީ ފެއިލްވެފަ. އެހެންވީމަ ނަސީބެއް މިއަދު މަޖިލިސް ހިގާކަން، މަޖިލިސް ހިގާތީ ކިރިޔާވެސް ދައުލަތް މިއޮތީ. އެހެންވެގެން އަޅުގަނޑުމެން މާސްކް އަޅައިގެން ވެސް މަޖިލީހަށް މި އަންނަނީ. މިތަން ނެތްނަމަ މުޅި ދައުލަތް އެއްކޮށް ހުއްޓުނީ." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވަނީ ޑޮލަރު އަގު އިންތިހާއަށް އުފުލެމުންދާތީ އެމައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އެޅުއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

"މަނިކުފާނު މިއަދު ކޮށްދެއްވަންވީ ކަމަކީ 19 ރުފިޔާއަށް ޑޮލަރު ޖެހޭ މައްސަލަ ހައްލު ކޮށްދެއްވަންވީ، އަންނަ އަހަރު ފަހުކޮޅަށް ދާއިރު މިގައުމު ބަނގުރޫޓްވެ މުޅި އިގްތިސާދު އިނދަޖެހި ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ ހިސާބަށް ދާން ދޫކޮށް ނުލާށޭ، އިއްޒަތްތެރި ރައީސް." ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ސަޢީދު

11-Aug-2020

ބަލަގަ މަރުކޮހާވަގަެްނެގިޑޮލަރު ސަރުކާރާހަވާލުކޮށްބަލަ ހުރިހާ ވަގުން ބަނޑުއަޅަނީ އަދިދަރިންނަކާންދެނީ ދިވެހި ދައުލަތުގެ ފައިސާ އެހެންކިޔަންފެށީމަ ފޯކޭކިޔާފަމަތިޖަހަންތިތިބަތެޅިބާލަނީ މަރުކޮހާމުޅިދުނިޔެއަށްއައިދަތިކަންމިގައުމައްނާއްނަންވީމިގައުމުގެއުފެއްދުންތެރިކަންމޮޅުކަމުންތަ އެއްމެދެރަމިނު ދައިކޮއްޓާއިލޮށިކޮޅުވެސް ބޭރުންގެއްނަގައުމު އިނދަނުޖެހޭނެ ކޮސްނުގޮވަ



ޓްރެންޑިން