އާސަންދައިން ބޭސްފަރުވާގެ އެހީއަށް އެދުމަށް ޑޮކްޓަރުން ލައްވާ ފުރާ އާސަންދަ ރިކަމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައިވާކަމަށް މާނަ ކުރެވޭގޮތަށް ބައެއް ނޫސްތަކުން ހަބަރު ފަތުރާފައިވާތީ އެކަން އެ ކުންފުނިން ދޮގުކޮށްފިއެވެ.

އިއްޔެ އާސަންދައިން ބުނެފައިވަނީ، މެނުއަލްކޮށް ޑޮކްޓަރު ލިޔެދޭ އާސަންދަ ރެކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އޭގެއިތުރުން އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރުން ފުރާ ރިކޮމެންޑޭޝަން ފޯމް ދެން ބަލައިގަންނާނީ ހަމައެކަނި މައި އާސަންދަ ޕޯޓަލުން ކަމަށް ވެސް އެ ކުންފުނިން އޮތީ ބުނެފައެވެ.

ނަމަވެސް، ބައެއް ނޫސްތަކުގައި އެ ވާހަކަ އޮޅޭގޮތަށް ގެނެސްދީ، އާސަންދައިން އެއްގޮތަކަށް ވެސް ރިކަމެންޑޭޝަން ފޯމް ބަލައި ނުގަންނަކަމަށް ދޭހަވާގޮތަށް ހަބަރުތައް ގެނެސްދީފައިވާތީ އެ ކުންފުނިން މިރޭ ބުނީ، އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާނުލާ ކަމަށާއި އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ރިކޮމެންޑޭޝަން ފޯމު ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ބޭނުންވާނެ ކަމަށެވެ.

އަދި މިހާރު ބަލި މީހާ ބަލާވަގުތު، އެ ފޯމު އާސަންދަ ޕޯޓަލް ތެރެއިން ފުރުމަށްފަހު އާސަންދައަށް ސަބްމިޓް ކުރާނީ ޑޮކްޓަރު ކަމަށާއި ޑޮކްޓަރު އާސަންދަ ފޯމް ސަބްމިޓް ކުރުމުން، މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަ ކަމާއެކު ހިދުމަތަށް އެދެވޭނެކަމަށާއި އަދި ހުށަހަޅަންޖެހޭ އެނޫން އިތުރު ލިޔުންތައް ޕޯޓަލަށް އަޕްލޯޑު ކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން