ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުރީގެ ނާއިބް ރައީސް އަބުދު ﷲ ޖިހާދާއި ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވި އަހްމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިއްމައިފިއެވެ.

ކުރީގެ ނައިބް ރައީސް ޖިހާދު ވެސް މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފައިވަނީ، އެމަނިކުފާނަކީ މިދިޔަ ވެރިކަމުގައި މާލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީއެވެ. މާލީ ވަޒީރުގެ ގޮތުގައި ޖިހާދު ހުންނަވަނިކޮށް ނައިބް ރައީސް ކަމަށް އޭނާ އައްޔަނު ކުރުމުން ދެން އެ މަގާމު ފުރުއްވީ މުނައްވަރެވެ. އެ ދެ ބޭފުޅުންގެ އިތުރުން މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފައިވާ އަނެއް ބޭފުޅަކީ މިހާރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު އެވެ.

އެ ހަތަރު ބޭފުޅުން މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރަން ފާސްކޮށްފައިވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައި ނުވާތީ އާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް، ކަމާއި ގުޅޭ ގާނޫނާއި އެއްގޮތަށް ހިނގަމުން ނުދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކާއި ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ މުޅި މަޖިލީހުގެ ކޮމެޓީންނެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށައެޅުއްވި އެ ހުށަހެޅުއްވުން ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން