އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައިވާ ދައުވަތު އެމަނިކުފާނު ޤަބޫލު ކުރަށްވައިފިއެވެ.

އިންޑިއާގެ ބައެއް މީޑިޔާތަކުގައި ބުނެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައިވާ ދައުވަތު އަރުވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ސިޓީ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައި އިންޑިޔާގެ ހައިކޮމިޝަނަރު މުނޫ މަހާވަރުއެވެ.

އިތުބާރުހުރި މަސްދަރަކުން “ރަސް އޮންލައިން” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ރައީސް ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ވަޑައިގަންނަވާނެއެވެ.

މިއީ ރައީސް ޑރ. މުޢިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެހެން ނަމަވެސް ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް މުޢިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ފުރަތަމަ ދައުރުގައި މޯދީ ކުރެއްވިއިރު އެ ރަސްމިއްޔާތުގައި އޭރުގެ ރައީސް ޔާމިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ނިމިދިޔަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 2018 ވަނަ އަހަރު މޯދީ ރާއްޖެ ވަޑައިގަތެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން