ދަޢުލަތުގެ ފެން ކުންފުނި އެމް.ޑަބްލިޔު.އެސް.ސީ ގޯތިތެރޭގައި ހުރި ނަރުތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ރ.ރަސްގެތީމު، އޯކިޑްވިލާ، މުހައްމަދު ޖިނާހުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އެމް.ޑަބްލިޔު.އެސް.ސީ ގޯތިތެރޭގައި ހުރި ނަރުތަކެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލާގެ ހާދިސާ ރިޕޯޓުގައިވާ ގޮތުން އެމް.ޑަބްލިޔު.އެސް.ސީ ގޯތިތެރޭ ހުރި ނަރުތައް ވަގަށް ނަގަން އުޅުނުކަމުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ޖިނާހުގެ މައްޗަށް ވަނީ ކޮށްފައެވެ. އަދި އޭނާއަކީ މި ފަދަ ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

ފަހަކަށް އައިސް މާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް ވަގަށް ނެގުމުގެ މައްސަލަ ބޮޑުވެފައިވާކަމަށް ސްޓެލްކޯއިން ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން