ކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަހައްދަކީ މުހިންމު ސަރަހައްދެއް ކަމަށެވެ.

"އެ ކަނޑުތަކުގެ ޤުދުރަތީ ނަލަކަމާއި އެކަނޑުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިޤްތިޞާދަށް އޮތް އެންމެ ބޮޑު އުންމީދު" ރައީސް ވިދާޅުވިއެވެ.



މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "އެންމެން މޫދަށް" ގެނަމުގައި ރާއްޖޭގެ ރަށްރަށުގައި އެކި ހަރަކާތްތައް ވަނީ ރާވާފައެވެ.

އެގޮތުން، މިއަދު ހެނދުނު 9:00 އިން ހަވީރު 18:00 އަށް ހުޅުމާލޭ ފޭސް 1 ގެ ބީޗު ސަރަހަށްދުގައި ކުރިއަށްދާ ކަނޑު ރޯދި އުފާ ފެސްޓިވަލްގައި އެކިއެކި މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ވަނީ ރާވާފައެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން އިއްޔެ ވަނީ މަސް ރޭހެއްވެސް ބާއްވާފައެވެ. މީގެ އިތުރުން، ސުވާލު މުބާރާތަކާއި، ކުރެހުމުގެ މުބާރާތެއްވެސް މި ދުވަހާއި ގުޅިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. ކޮންމެ މުބާރާތަކުންވެސް ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން