ކަނޑުގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން
ކަނޑުގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން
ބައިނަލްއަގުވާމީ ކަނޑުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު “ކަނޑު ރޯދި އުފާ” ފެސްޓިވަލްގެ ނަމުގައި ޙަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންދާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

އެގޮތުން، މިއަދު ހެނދުނު 9:00 އިން ހަވީރު 18:00 އަށް ހުޅުމާލޭ ފޭސް 1 ގެ ބީޗު ސަރަހައްދުގައި ކުރިއަށްދާ ކަނޑު ރޯދި އުފާ ފެސްޓިވަލްގައި އެކިއެކި މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ވަނީ ރާވާފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން، މޫދު އެކި ކުޅިވަރުތަކުގައި ހިލޭ ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. ކަނޑު ރޯދި އުފާ ފެސްޓިވަލްގައި ހިމެނޭ އޯޝަން ވޮރިއަރސް ސްޓޯލް އިން ޑައިވިން ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ބައިބެރިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "އެންމެން މޫދަށް" ޝިޢާރުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން އިއްޔެ ވަނީ މަސް ރޭހެއްވެސް ބާއްވާފައެވެ. މީގެ އިތުރުން، ސުވާލު މުބާރާތަކާއި، ކުރެހުމުގެ މުބާރާތެއްވެސް މި ދުވަހާއި ގުޅިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން